Posts

Showing posts from June, 2022

އިންސާނާގެ ވިސްނުން

Image
  ކުޑަކުއްޖަކު ބޮޑުވެގެން އަންނަންއިރު އެކުއްޖާ އުޅެ ބޮޑުވާ މާހައުލާ އެކުއްޖާގެ ވިސްނުމާ ވަރަށް ބޮޑު ގުޅުމެއްވެއެވެ. މައިން ބަފައިން ދުރުވުމުން އެންމެ ބޮޑު އަސަރެއް ކުރަނީ އެ ތުއްތު މަޢުޞޫމް ކުދިންނަށެވެ. މިކަމުގެ ނޭދެވޭ އަސަރު ނޭނގިނަމަވެސް އެކުއްޖާ ފުރާވަރުގައާއި ބޮޑުވެ ޒަވާޖީ ހަޔާތެއް ފެރުށުމުން ކުރެއެވެ. މިހެން މިދިމާވަނީ އޭނާ އެ އިޙްސާސުތައް ގިނަދުވަސްތަކެއް ވަންދެން ތަހައްމަލްކުރަން ޖެހުމުގެ ސަބަބުންނެވެ. ބައެއް ފަހަރު މިފަދަ ކަންކަމުގެ ސަބަބުން އެނާ ނަފްސާނީ ބަލީގެ ޝިކާރައަކަށްވެސް ވެގެންދެއެވެ. އިންސާނުން ފިޔަވައި ދިރޭ ކޮންމެ އެއްޗަކީ އެސޮރުމެންގެ މާހައުލާއި އެއްގޮތަށް ހޭނި އާލާވުމުގެ ބާރުލިބިފައިވާ މަހުލޫގުންނެވެ. އެހެންނަމަވެސް އެހެން އެއްވެސް ދިރޭއެއްޗަކަށް ދެއްވާފައިނުވާ ނިޢުމަތެއް އަޅުގަނޑުމެން އިންސާނުންނަށް ލިބިގެންވެއެވެ. އެއީ އިންސާނާގެ ބުއްދީގެ ބާރެވެ. ބުއްދިއަކީ އިންސާނާގެ ސިކުނޑިކަމަށް ބައެއް ބޭފުޅުން ދެކުނަސް އެއީ މުޅިން ގޯހެއްކަމަށް ބައެއް ޢިލްމީމާހިރުން އެއްބަސްވެއެވެ. މި ޢިލްމުވެރިން ދެކޭގޮތުގައި އިންސާނާގެ ބުއްދި ބެހިގެންވަނީ ދެ ބަޔަކަށެވެ. އެއީ އެގިނހު...