ނިމިދިޔަ މަހު، ޒެޑެކްސް އެބްރޯޑާ ގުޅިގެން ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށްޓަކައި އަޅުގަނޑު ހދ. ކުޅުދުއްފުށްޓަށް ރަސްމީ ދަތުރެއް ކުރީމެވެ. މިއީ އޯލެވެލް އަދި އޭލެވެލް ދަރިވަރުންނަށް ބޭނުންވާ ކެރިއަރ ގައިޑެންސް، އަމިއްލަ ނަފްސު ދެނެގަތުން، އިމޯޝަނަލް އިންޓެލިޖެންސް، ލީޑަރޝިޕް، އަދި އިމްތިހާން ދުވަސްވަރު ވަގުތާއި ހާސްކަން މެނޭޖުކުރުމުގެ އިތުރުން، ހޭލުންތެރި ބެލެނިވެރިކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ. އެ ދުވަހުގެ ދަތުރުގެ ހަނދާންތައް އަދިވެސް އަޅުގަނޑުގެ ހިތުގައި ވަރަށް ތާޒާކޮށް އެބަހުއްޓެވެ. މޯލްޑިވިއަންގައި ކުރި އެ ދަތުރުގެ ވަގުތަކީ ކުޑަކޮށް ވާރޭވެހެމުންދިޔަ ވަގުތެކެވެ. އަޅުގަނޑުގެ އަތުގައި ލެޕްޓޮޕް އޮތްއިރު، ބޯޓަށް އެރުމަށް ދިޔަ މަގުމަތީގައި ގިނަ ފަސިންޖަރުން ތިބީ ވާރޭގައި ތެމިފައެވެ. އެކަމާ އަޅުގަނޑު ކުޑަކޮށް ހިތްހަމަނުޖެހުނީ ހަމައެކަނި ވާރޭވެހޭތީއެއް ނޫނެވެ. ނަމަވެސް އެފަދަ ހާލަތެއްގައި ކަންކަން އިންތިޒާމުކުރެވިފައި އޮތް ގޮތުންނެވެ. ވަޒީފާގެ ބޭނުމަށް، ޚާއްޞަކޮށް ސާމާނުތަކާއެކު ދަތުރުކުރާއިރު، ...
EMPOWERMENT. INNOVATION. INTEGRITY. GROWTH. COLLABORATION