މުޖުތަމައަށް ޚިދުމަތްކުރަން ފެށުމުގެ ކުރިން، އަމިއްލަ ނަފްސު ދަސްކޮށް، ނަފްސާނީ ދުޅަހެޔޮކަން ހޯދަން މަސައްކަތްކުރަން ޖެހުނު
މިއަދު އަޅުގަނޑު ކުރަމުންދާ މަސައްކަތްތަކާ މެދު ފިކުރުކޮށްލާއިރު، އަޅުގަނޑުގެ ހިތް ދަނީ 2020 ވަނަ އަހަރަށެވެ. އެއީ އަޅުގަނޑުގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދަތުރުގެ ފެށުމެވެ. އެ ދަތުރުން އަޅުގަނޑު ވާސިލުވާނީ ކޮން މަންޒިލަކަށް ކަމެއް، އަދި އޭރު އަޅުގަނޑު އުނގެނެމުންދިޔަ ފިލާވަޅުތަކަކީ ފަހުން ޒުވާނުންނާއި، އާއިލާތަކާއި، މުއައްސަސާތަކާއި އަދި ފަރުދުންނާއެކު ކުރާނެ މަސައްކަތްތަކާ މިހާ ބޮޑަށް ގުޅިފައިވާ ކަންކަން ކަމެއް އޭރަކު ނޭނގެއެވެ. އޭރު އަޅުގަނޑުގެ ހަމައެކަނި ބޭނުމަކީ އަމިއްލަ ނަފްސު ދަސްކުރުމާއި، ނަފްސަށް ލިބިފައިވާ ޒަޚަމްތަކަށް ފަރުވާ ހޯދުމާއި، އިންސާނިއްޔަތާ ބެހޭގޮތުން އިތުރަށް އުނގެނުމެވެ. އެ ދުވަސްވަރުގެ އެންމެ ފުން ހަނދާނަކީ ލީސާ ނިކޮލްސްގެ ކްލާސްތަކެވެ. ބައެއް ރޭރޭ ރޭގަނޑު 9 އަކުން ފެށިގެން ފަތިހު 5 ޖަހަންދެން އެ ކްލާސްތަކުގައި އަޅުގަނޑު ވަގުތު ހޭދަކުރީމެވެ. މުޅި ދުނިޔެ ނިދާފައި އޮންނަ ވަގުތު ހޭލާ ހުރެ، އިންސާނުންނާއި، އިހުސާސްތަކާއި، ތަދުތަކާއި، ފަރުވާއާއި، ދިރިއުޅުމުގެ މަގުސަދާއި، ކުރިމަގުގެ ފުރުސަތުތަކާ ބެހޭގޮތުން ދެކެވުނު ވާހަކަތަކުން އަޅުގަނޑުގެ ހިތަށް ބޮޑު އަސަރެއް ކުރިއެ...