މިފަހުން އަޅުގަނޑު ބަލާލި "The Diary of a CEO" ޕޮޑްކާސްޓްގެ އެޕިސޯޑެއްގައި ޑރ. ލިއޭން ޓެން ބްރިންކޭއާއެކު ދޮގުހެދުމާއި، މަކަރާއި ހީލަތް ހެދުމާއި، އިތުބާރު ކުރުމާއި އަދި މީހަކު ދޮގުހަދާކަން ދެނެގަންނާނެ ގޮތްތަކާ ބެހޭގޮތުން ވަރަށް ޝައުގުވެރި ވާހަކަތަކެއް ދެއްކެވިއެވެ. އަޅުގަނޑު އެ ވީޑިއޯ ބަލަން ފެށީ އާންމުކޮށް އަޅުގަނޑުމެންނަށް އިވޭ ގޮތަށް، މީހެއްގެ ލޮލަށް ބަލާލުމުން ނުވަތަ ހަށިގަނޑުގެ ހަރަކާތްތަކުންނާއި ހާސްވާ ގޮތުން ދޮގުހަދާކަން އެނގޭނެ ކަމަށް ހީކޮށްގެންނެވެ. ނަމަވެސް، އެ ވާހަކަތައް އަޑުއަހަމުން ދިޔަވަރަކަށް، މިއަށްވުރެ މާ ފުން ކަމަކާ މެދު އަޅުގަނޑަށް ވިސްނާލެވުނެވެ. އެއީ، އެހެން މީހުންގެ އަމަލުތަކަށް ބަލާފައި، އެމީހުންގެ ހިތުގައިވާ އެއްޗެއް ނުވަތަ އެމީހުންނަށް ކުރެވޭ އިހުސާސްތައް އަޅުގަނޑުމެންނަށް އެނގޭ ކަމަށް ކިތައް ފަހަރު ގަބޫލުކުރެވޭ ބާވައެވެ؟ އަޅުގަނޑުމެން އަބަދުވެސް ތިބެނީ މީހުން ދެނެގަތުމުގެ މަސައްކަތުގައެވެ. މީހަކު ހަތަރުކަޅި ހަމަނުކުރުމުން ނުވަތަ އަޑަށް ބަދަލު އައުމުން، މަޑުމައިތިރިވުމުން ނުވަތަ ޖަވާބުދޭން ލަސްވުމުން އެއީ ކޮންމެވެސް ކަމެއްގެ ނިޝާނެއް ކަމަށް އަޅުގަނޑު...
EMPOWERMENT. INNOVATION. INTEGRITY. GROWTH. COLLABORATION