އަޅުގަނޑަށް ދާދިފަހުން ބޭރުގެ މީހަކާ ބައްދަލުވެ، ވާހަކަދައްކާލުމުގެ ފުރުސަތު ލިބުނެވެ. އޭނާއަކީ ކާކުކަން ހާމަނުކޮށް، އަޅުގަނޑުމެން ދެއްކި ވާހަކައިގެ ތެރެއިން ބައެއް ކަންކަން ހިއްސާކޮށްލާނަމެވެ. އަޅުގަނޑުމެން ފުރަތަމަ ވާހަކަދެއްކީ މަސައްކަތާއި، ވަޒީފާގެ ދާއިރާއާއި، އެ ދާއިރާއެއްގައި ހޭދަވި މުއްދަތާ ބެހޭގޮތުންނެވެ. ނަމަވެސް، ކުއްލިއަކަށް އަޅުގަނޑުމެންގެ މައުޟޫޢު އިސްލާމްދީނާއި، ދިވެހި ސަގާފަތާއި، އިޖުތިމާޢީ އާދަކާދަތަކަށް ބަދަލުވިއެވެ. އޭނާ ބުނި އެއް ވާހަކައަކުން އަޅުގަނޑުގެ ސަމާލުކަން ވަރަށް ބޮޑަށް ދަމައިގަތެވެ. އޭނާ ބުނި ގޮތުގައި، އަޅުގަނޑުމެން އާންމުކޮށް ހީކުރަނީ އެކަކު އަނެކަކާ ވަރަށް ތަފާތު ކަމަށެވެ. ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް، ތަފާތު ގައުމުތަކުގެ މީހުންނާ ރަހުމަތްތެރިކަން ބަދަހިކުރުމުން އޭނާއަށް އެނގުނީ، އިންސާނުންގެ އަސާސީ ސިފަތައް ހުރިހާ ތަނެއްގައިވެސް އެއްގޮތް ކަމެވެ. އަޅުގަނޑުމެންގެ ކުލަޔާއި، ސަގާފަތާއި، އާދަކާދަތައް ތަފާތުވީ ނަމަވެސް، އެއްގޮތް ކަންތައްތައް މާ ގިނައެވެ. ދިވެހިރާއްޖެއާ ބެހޭގޮތުން އޭނާ ފާހަގަކުރި ބައެއް ކަންތައްތައް ހިއްސާކުރިއެވެ. އެ...
EMPOWERMENT. INNOVATION. INTEGRITY. GROWTH. COLLABORATION